Naa C
Designer Dresses
19/08/2026
Kon gaanooneh tha gaanoonu ingey varu maa bodee ey 🙄
ނޫސް ބަޔާން ނެރުނަކަސް ނުވާނެ! ކަން ހިނގި ގޮތް ކޮއްކޮ ގެ ދުލުންތިރީގައި އެވަނީ. . ކިޔާލާ!
ރަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމަރޖެންސީ ކޮށް އަލުގަނޑުމެން އައީ 4 އޮގަސްޓް 2026 ގައި.
ސިޒޭރިއަން ހެދީ 5 އޮގަސްޓް 2026 ގެ ހަވީރު 5 ޖެހިއިރު. ރީންދޫ ވެގެންނޭ ކިޔާފަ ބޭބީ އެންއައިސީޔު އަށް ލީ 6 އޮގަސްޓް 2026 ގެ މެންދުރު 12:30 ހާއިރު.
އެންއައިސީޔޫ އަށް ވެއްދި ފަހުން 1 ދުވަސް ވަންދެން ބޭބީ މަންމަ އަކަށް ނުދައްކާ އަދި ބޭބީ އަށް ފީޑް ކުރާކަށް ވެސް އެ މަންމަ ނުގެންދޭ. .
7 އޮގަސްޓް 2026 ވީ ރޭ ދަންވަރު ގަޑީ އަޅުގަނޑު އެންއައިސީ ކުރިމައްޗަށް ގޮސް އެތާ ނަރުހެއް ކައިރީ އަހައިގެން ބޭބީގެ ހާލު ބެލިން. އަދި އެވަގުތު ނަރުހާ ވާހަކަ ދައްކަން ހުއްޓާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަޅުގަނޑު ކައިރިއަށް އައިސް އަޅުގަނޑާ ވާހަކަ ދެއްކި. ޑޮކްޓަރ ވިދާޅުވީ ޖެންޑަރ އިން ވަނީ ކުއްޖާ ދައުލަތަށް ނެގުމަށް ރެފަރ ކޮށްފަ ކަމަށް. (މި ހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް އަޅުގަނޑަށް ވެސް އަދި ބޭބީ މަންމަ އަކަށް ވެސް ޖެންޑަރ ބޭފުޅުން އެއްވެސް ކަމެއް ނާންގާ، ސިއްރުން ހޮސްޕިޓަލުގެ މީހުންނާ ވާހަކަ ދައްކައިން ބޭބީ ގެންދަން މިއުޅެނީ)
ބޭބީ ގެންދާ ވާހަކަ ބުނުމުން އަޅުގަނޑު ވާނީ ބޭބީ މަންމަ އަށް ލިބިދާނެ ގެއްލުމުގެ ވާހަކަ ވެސް އޮޅުންފިލުވަދީފައި.
7 އޮގަސްޓް 2026 މެންދުރު ވަގުތު އަޅުގަނޑު ކައިރީ އެންއައިސީޔޫ ނަރުހަކު ބުނެފަ ވަނީ ފޯސްޓަރ ފެމިލީ އަކާއި ބޭބީ ހަވާލު ކުރާ ވާހަކަ، އަދި ފޯސްޓަރ ފެމިލީ ހަމަޖެހިފައިން ވާހަކަ. ހަވީރު 6 ޖަހާއިރު ބޭބީ މަންމަ އަށް ދައްކާލަން ނެރެދޭނެ ކަމަށާއި 7 ޖަހާއިރަށް ބޭބީ މާލެ ގެންދަން އެއަރޕޯޓަށް ގެންދާނެ ކަމަށް. ނަމަވެސް ބޭބީ މަންމަ އަކަށް ދައްކާކަށް ނުނެރޭ. .
ޖެންޑަރ އިން އަޅުގަނޑަށް އިރުޝާދު ދެއްވީ ބޭބީ މަންމަ އަށް ވެދާނެ ގެއްލުމަކަށް ބަލާފަ ބޭބީ ގެންދާ ވާހަކަ މަންމަ ގާތު ނުބުނުމަށް. (ބޭބީ ވަގަށް ނަގައިން ދާ އިރު ދެން އެ މަންމަ އަށް ވާނެ ގޮތަކާ މެދު މިމީހުން ނުވިސްނީ ކީއްވެބާ)
7 އޮގަސްޓް 2026 އިރުއޮއްސި 6 ޖެހިއިރު ފުލުހުންގެ ބޭފުޅުން ވަނީ ހޮސްޕިޓަލަށް ދުރުވެފައި. އޭރު ބޭބީ މަންމަ އެންއައިސީޔޫ ކައިރީ އިން ގޮނޑީގައި ކުއްޖާ ނެރެދޭނަމޭ ބުނެގެން އިންތިޒާރުގަ އިނީ.
7 އޮގަސްޓް 2026 އިރު އޮއްސި 18:15 ގައި ޖެންޑަރ ބޭފުޅުން ވަނީ ފުލުހުންގެ ދެވަނަ ސްކްއާޑް އާއި އެކީ އެންއައިސީޔޫ ކައިރިއަށް އައިސްފައި. އަދި ޖެންޑަރ އިން ބޭބީ ގެ މަންމަ އަށް އެންގީ ކުއްޖާ މާލެ ގެންދިޔުމަށް އެންއައިސީޔޫ އިން ކުއްޖާ ރިމޫވަލް އަށް އައި ވާހަކަ، ކުއްޖާގެ މަންމަ އެވަގުތު ވަނީ އެކަމާ ދެކޮޅު ހަދާފަ އަދި ހަމަ އެގޮތުން އަޅުގަނޑުވެސް އެކަމާ ދެކޮޅު ހެދިން.
7 އޮގަސްޓް 2026، އިރުއޮއްސި 18:50 ހާއިރު އަޅުގަނޑު ބޭބީ ގެންދިއުމަށް ހުރަސް އެޅުމުން ކުޅުދުއްފުށީ ފުލުހުން ބާރުގެ ބޭނުން ކޮށްގެން އަޅުގަނޑު އެތަނުން ދުރުކުރަން މަސައްކަތް ކުރި، އެގޮތުން 2 އޮފިސަރަކު އައިސް އަޅުގަނޑު ކޮށްޕަން ހެދީމަ އަޅުގަނޑު ނުދާނަމޭ ބުނީމަ އެހިސާބުން ފުލުހުން ބުނީ ފުލުހުންގެ ވާޖިބު ތަކަށް ހުރަސް އަޅަނީ ކަމަށް. އެހެން ކިޔާފަ އަތުގަ ބިޑި އަޅުވާ ހައްޔަރަށް ގެންދަން މަސައްކަތް ކުރި. އެ މަންޒަރު ބޭބީ މަންމަ (އަޅުގަނޑުގެ ދޮންތަ) އަށް ފެނި އިނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. ކުޅުދުއްފުށީ ފުލުހުން އަޅުގަނޑު އެތަނުން ނެރުނީ.
9 އޮގަސްޓް 2026 ހެނދުނު 9:30 ހާއިރު ޖެންޑަރ މިނިސްޓްރީ އަށް އަޅުގަނޑު ގެންދިޔަ. އެބޭފުޅުން ވިދާޅުވީ ބޭބީ ހަމަ އެރޭ (7 ވަނަ ދުވަހުގެ ރޭ) ވަނީ ފޯސްޓަރ ފެމިލީ އަކާއި ހަވާލު ކުރެވިފަ ކަމަށް. އަޅުގަނޑު ބޭބީ ދެން އެ މަންމަ އަށް ނުލިބޭނެތޯ އެހުމުން ޖަވާބުގައި ވިދާޅުވީ ”ނުލިބޭނެ ކަމަށް“ ނަމަވެސް މަންމަ އަށް ބޭބީ އާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް. ކުއްޖާ ނެގީ ކޮން ހައިސިއްޔަތަކުންތޯ ކޮން ގާނޫނަކުން ބާރު ލިބިގެންތޯ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވި.
ފޯސްޓަރ ފެމިލީ އަކާއި ހަވާލު ކުރިއިރު މައިމީހާގެ ހުއްދަ ނުހޯދިތާ އިންފޯމް ކޮށްވެސް ނުލީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރުމުން އެއަކަށް ވެސް އެއްވެސް ޖަވާބެއް ނުދެއްވި.
ދެން އަޅުގަނޑު އެހީ ޑަބްލިއު.ޑީ.ސީ އަށް އެއްވެސް މައުލޫމާތެއް ދީފާ ނުވާ ވާހަކަ، އެހެން ބުނުމުން ވިދާޅުވީ އަންގަން ޖެހޭ ތާކަށް އަންގާފަ ކަމަށް އޮންނާނީ، ކައުންސިލަށް ވެސް ޑަބްލިޔޫ.ޑީ. ސީ އަށް ވެސް އަންގަން ނުޖެހޭނެ ކަމަށް. .
ބޭބީ ގެންދިޔައިރު ބޭބީ އަށް އެންމެ 3 ދުވަސް. ފޫޅުމާ ފޯމުވެސް އަޅުގަބޑުމެންނަށް ނޭންގި ޖެންޑަރ އިން ވަނީ ގެންގޮސްފައި.
#ބޭބީހޯދައިދީ #އިންސާފުހޯދައިދީ #ކުށްކުރިމީހުނަށްފިޔަވަޅުއަޅައިދެއްވާ
18/08/2026
Click here to claim your Sponsored Listing.
Category
Telephone
Website
Address
Male